Banguraa

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅި ތަކަކާއެކު ހުޅުމާލެއިން ބިދޭސީ އަކު ހައްޔަރުކޮށްފިއެވެ.

ރޭ 03:52 ހާއިރު ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، ހުޅުމާލޭ ފަޅުގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް އެއްޗިހިތަކެއް އަރުވައިގެން ދަނިކޮށް ފެނިގެން އެ ޓެކްސީ ހުއްޓުވައި ބަލައިފާސްކުރި އިރު 60 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މިއޮޕަރޭޝަންގައި، އެ ޓެކްސީގައި ތިބި ދެމީހުންގެ ތެރެއިން 39 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު ޓެކްސީ ދުއްވަން އިން ދިވެހި ޑްރައިވަރު ވަނީ ފިލާފައެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.