futsal

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ކަޕް 2019 ގައި ވާދަކުރާ ޕޮލިސް ކުލަބުގެ ފިރިހެން ފުޓްސަލް ޓީމުގެ ހެޑް ކޯޗަކަށް ޙަސަން ޙަމީދު (ޑަކޭ) އަދި އެސިސްޓަންޓް ކޯޗަކަށް ޕޮލިސް ކޯޕްރަލް އަޙްމަދު ޝިހާމް ހަމަޖައްސައިފިއެވެ.

ޕޮލިސް ކުލަބް ފިރިހެން ފުޓްސަލް ޓީމުގެ ހެޑް ކޯޗަކަށް ޙަސަން ޙަމީދު އަދި އެސިސްޓަންޓް ކޯޗަކަށް އަޙްމަދު ޝިހާމް ހަމަޖައްސައި، މަޤާމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުމެއްގައެވެ.

futsal 1

މި ލިޔުން ހަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ.

ޙަސަން ޙަމީދަކީ ޔުނައިޓެޑް ވިކްޓްރީގައި ކީޕަރ ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތެކެވެ. އަދި ޙަސަން ޙަމީދަކީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ސީޕީ ކަޕް ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކުގައި ވާދަކުރާ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ ޓީމްތަކުގައި ކޯޗެެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ކޯޗެކެވެ.

މަޤާމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ އިބްރާހިމް ބައިވެރިވެލެއްވިއެވެ.