kids haveeru

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ތިނަދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި މި ކުޑަކުދިންގެ ހަވީރު ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

kids haveeru 4

މި ހަވީރުގައި ތަފާތު އެކި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

kids haveeru 1

އަދި ކުޑަކުދިންގެ މެދުގައި މަޤުބޫލު ކެރެކްޓަރއެއް ކަމުގައިވާ މަޝްހޫރު ރޮބޯ މޭންގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

kids haveeru 3

މީގެ އިތުރުން އެރަށުގައިހުރި ސަރުކާރުގެ މުއައްސަސާތަކުން ސްޓޯލްތައް ޤާއިމުކޮށް، އެމުއައްސަސާތަކުންދޭ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ދީފައިވެއެވެ.

އަދި އެރަށުގައިހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ޤާއިމުކުރި ސްޓޯލްތަކުން، ހިލޭ ހަކުރު ޓެސްޓު ކުރުމާއި ލޭ ބެލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ބޮޑެތި މީހުންނަށް މަޢުލޫމާތުދީފައިވެއެވެ.

kids haveeru 2

މި ހަވީރުގައި ގިނައަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ