dinner night

ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުކޮށް ހިތްއުފާކޮށްލުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ޑިނަރ ނައިޓު ގދ. ތިނަދޫގައި ބާއްވައިފިއެވެ.

ރޭ ބޭއްވި މި ޑިނަރ ނައިޓް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އެވެ.

dinner night 1

މި ޑިނަރ ނައިޓުގައި  ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ކުރަމުންގެންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބައެއް ސްޓްރެޓެޖީއަށް ބިނާކޮށް މިހާރަށް ވުރެ ބޮޑަށް ޚިދުމަތްދިނުމަށް މައިގަނޑު ހަ ބައެއް ކަނޑައަޅައި އޭގެތެރޭގައި ހިމެނޭ ލޯކަލް ޕޮލިސީ ޚާއްސަވާނީ އަތޮޅުތެރޭގައި ޤާއިމުވެ ތިބޭ ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކަމުގައި ފާހަގަކުރެއްވިއެވެ.

dinner night 3

އަދި ކުރިއަށް އޮތް ތަނުގައި މި މުއައްސަސާއަކީ ރައްޔިތުން ބަލައިގަންނަ ޒަމާނާއި އެކަށީގެންވާ ތަނަކަށް ހެދުމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވަމުން އަންނަ ހުރަސްތަކާއި ކުރިމަތިލައި އެޤާބިލުކަން ފުލުހުންގެ ތެރޭގައި އިތުރުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި އެކު ފުލުހުން ދެމިތިބޭނެ ކަމުގައި ވިދާޅުވިއެވެ.

dinner night 2

މި ޑިނަރ ނައިޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންގެ އިތުރުން އަތޮޅުތަކުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުންނާއި ފުލުހުންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވެފައިވެއެވެ.

މި ޑިނަރ ނައިޓުގައި، މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.