ކުލަބް އިމިގްރޭޝަން ބަލިކޮށް ޕޮލިސް ކުލަބު ފައިނަލަށް

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް

PLCvsIMM

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ކުލަބް އިމިގްރޭޝަން ބަލިކޮށް ޕޮލިސް ކުލަބުން މުބާރާތުގެ ފައިނަލުން ޖާގަހޯދައިފިއެވެ.

ހުޅުމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ކުލަބް އިމިގްރޭޝަނާ ވާދަކޮށް ޕޮލިސް ކުލަބުން މެޗު ކާމިޔާބުކުރީ 8-5 ގެ ނަތީޖާއަކުންނެވެ.

PLCvsIMM2

މިމެޗުގައި ޕޮލިސް ކުލަބުން ޖެހި އަށް ލަނޑުގެ ތެރެއިން ހަ ލަނޑު ސަކޫނާ ސެނަބުތު ކާމިޔާބުކޮށްދިންއިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ތީބާ އާއި ސަވިތުރީ މަމްޔަލީއެވެ. ކުލަބް އިމިގްރޭޝަނުން މިމެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ރާނީއެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދިނީވެސް އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ މައުލީނާއެވެ.

PLCvsIMM3

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މެޗުގައި ހަލަނޑު ޖަހައި ޑަބަލް ހެޓްރިކްހެދި ޕޮލިސް ކުލަބު ސަކޫނާއެވެ.

PLCvsIMM4

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 2 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ. މިމެޗުގައި ޕޮލިސް ކުލަބު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ރަނަޕް ޓީމަކީ ޕޮލިސް ކުލަބެވެ.