CP Cup Volley

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ "ސީޕީ ކަޕް" ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މި މުބާރާތް ފައްޓަވައިދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކްރީއެވެ.

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވެއެވެ. ދެ ޑިވިޜަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ އަންހެން ޑިވިޜަންގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ 10 ޓީމެކެވެ.

CP Cup Volley1

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތަކީ ފުލުހުންގެ މުއައްސަސާގެ ކޮމާންޑް، ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން  މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިން ބަދަހިކުރުމުގެ ގޮތުންނާއި ވޮލީކުޅޭނެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

CP Cup Volley2

މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް އާއި ނައިބު ރައީސުންނާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އާއި ފުލުހުންގެ އެކްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް ބައެއް އޮފިސަރުންނާއި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.