ފޮޓޯ: އިބްރާހީމް ފައުޒީ، ވ.މާލެހިޔާ / ކ.މާލެ
ފޮޓޯ: އިބްރާހީމް ފައުޒީ، ވ.މާލެހިޔާ / ކ.މާލެ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިއަމުރާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ / ވ.މާލެހިޔާ، އިބްރާހީމް ފައުޒީ (60އ) އެވެ.

އިބްރާހީމް ފައުޒީ ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެޕްރީލް 25 ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ އިބްރާހީމް ފައުޒީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވަމެވެ.