މަސްތުވާތަކެއްޗާއިއެކު ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
Naifaru

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ

މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރަމުންދާ ބޯޓަކުން ދަތުރުކުރަމުންދާ މީހަކު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު 16:00 ހާއިރު ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ.

މިއޮޕަރޭޝަންގައި، އެބޯޓު ނައިފަރަށް އައުމުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސް، ކޯޓު އަމުރެއްގެ ދަށުން މިމީހާގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކެޕްސޫލެއް އެމީހާގެ ހަށިގަނޑު ތެރެއިން ފެނިފައިވެއެވެ.

މި މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.