HA Atoll

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޑެސްކްތައް ހުރި ރަށްތަކުގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެޕްރީލް 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވެއެވެ. އެގޮތުން ހއ. ދިއްދޫ، އިހަވަންދޫ، ހޯރަފުށި، ކެލާ، ބާރަށް، އަދި އުތީމު ހިމެނޭގޮތަށް ޖުމްލަ 192 ސައިކަލެއް ބަލައިފާސްކޮށް، ސައިކަލްގެ އަހަރީ ފީއާއި ރޯޑްވާދިނަސް އާއި އިންޝުއަރެންސްގެ އިތުރުން ސައިކަލް އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ބަލާފައިވެއެވެ.

މިޕްރޮގްރާމްގައި ބަލައިފާސްކުރި ސައިކަލްތަކުގެ ތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލަކާއި ނަންބަރު ޕްލޭޓް ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި ދެ މައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މީގެއިތުރުން ހއ. އަތޮޅުގެ ރަށްތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް، އެރަށްތަކުގައި ބޭނުން ކުރަމުންދާ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ހއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންދަނީ ކުރަމުންނެވެ.

 ހއ. އަތޮޅުގެ ރަށްތަކުގައި ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.