
ފ. ބިލެއްދޫގެ ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އޭޕްރީލް 18 ވަނަ ދުވަހު ފ. ބިލެއްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފިހާރަތަކަށް ޒިޔާރަތްކޮށް ، ވިޔަފަރާރިވެރިންނާއި ބައްދަލުކޮށް ފިހަރާތަކުގެ ސެކިއުރިޓީ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމާއި ވިޔަފާރިކުރުމަށް އަންނަ މީހުންގެ އަމަލުތައް ދެނެގަތުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސިނގިރެޓް ފަދަ ދުންފަތުގެ އިސްތިއުމާލް ކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ކުޑަކުދިންނަށް ނުވިއްކުމަށާއި، ވިޔަފާރި ކުރުމަށް ކުޑަކުއްޖަކު އަތުއްވެއްޖެނަމަ އެކުއްޖާގެ އަމަލުތައް ރަނގަޅަށް ބެލުމަށް އިރުޝާދުފީފައިވެއެވެ.
މީގެއިތުރުން ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.
ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގެންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.