Kunahandhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ކަނޑު ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ، މާލެއިން ފުރައިގެން ކުނަހަންދުއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން ކުނަހަންދުއަށް މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 12:25 ހާއިރު ހިންގި އޮޕަރޭޝަންގައެވެ.

މިއޮޕަރޭޝަންގައި، ލ. ހިތަދޫ ބަނދަރަށް ބޯޓު ގާތްކުރުުން މިމީހާ ހައްޔަރުކޮށް އެބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް އެބޯޓުން ފެނިފައިވެއެވެ.

މި މައްސަލަ މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.