L Gan banguraa

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކަމަށް ބެލެވޭ ތަކެތި ގަމުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ގަމު މުކުރިމަގުގައި ބަނގުރާ އުފައްދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 17:30 ހާއިރު ހިންގި މި އޮޕަރޭޝަނުގެ ތެރެއިން މުކުރިމަގު ވަލުތެރެ ބަލައިފާސްކޮށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ

މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ފޮނަދޫ ލިންކުރޯޑުން މިއަދު 16:55 ހާއިރު ވެހިލަކް ޗެކްޕޮއިންޓަކުން ހުއްޓުވި ސައިކަލެއްގައި އިން މީހަކު އެއްޗިހިތަކެއް އުކައިލުމުން އެތަކެތިނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހެކެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.