މަސްތުވާތަކެއްޗާއެކު މީހަކު ވ.ތިނަދޫއިން ހައްޔަރުކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
viber image 2019-04-15 , 21.24.58

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ވ.ފެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ވ.ތިނަދޫ އިން ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ތިނަދޫ އަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތިނަދޫ ޕޮލިސް ޑެސްކާއި ފެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އެޕްރީލް 15 ވަނަ ދުވަހުގެ ހަވީރު 17:30 ހާއިރު ހިންގި އޮޕަރޭޝަނުގައި ވ.ތިނަދޫ އިންނެވެ.

ލޯންޗުން ފައިބައިގެން ދަނިކޮށް މިމީހާ ހުއްޓުވާ ބަލާފާސްކުރިއިރު މީނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަ ފެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.