Villa school

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އިންޑަސްޓްރިއަލް ލިންކް 2019 ފެއަރގައި ފުލުހުން ބައިވެރިވެއްޖެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި މިއަދު ކުރިޔަށްދާ މިފެއަރ އަކީ ވަޒީފާގެ މާހައުލަށް އަލަށް ނިކުންނަ ކުދިންނަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިޔަށް ގެންދާ ފެއަރއެކެވެ. މިފެއަރގައި ފުލުހުންގެ ސްޓޯލެއް ޤާއިމްކޮށް، ފުލުހުންގެ މުއައްސަސާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުންނާއި ކުރިއަށް ދެވިދާނެ ދާއިރާތަކާއި ފުލުހުންގެ ތެރޭގައި ކުރިއަށް ގެންދާ ކޯސްތަކާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ދީފައެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދޭ ޓެސްޓާއި ފުލުހުން ރެކްރޫޓް ކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 11 އަދި ގްރޭޑް 12 ގައި ތައުލީމް ހާސިލްކުރަމުންދާ 400 ދަރިވަރުން މިފެއަރ ގައި ބައިވެރިވެފައިވެއެވެ.

މި ފެއަރގައި މަޢުލޫމާތު ދީފައިވަނީ ފުލުހުންގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓްގެ މުވައްޒަފުންގެ އިތުރުން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްޓްމަންޓް ސްޓަޑީޒްގައި މަސައްކަތްކުރާ ފުލުހުންނެވެ.