kids fest

ނެއިބަރހުޑް ޕޮލިސް އާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓް ގުޅިގެން ކިޑްސް ފެސްޓް ނަމުގައި ސިނަމާލެ ހިޔާ ގޯތިތެރޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މި ހަވީރު ހުޅުއްވައި ދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދެވެ. މިހަވީރު ހުޅުއްވައިދެއްވައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ދެއްކެވި ވާހަކަ ފުޅުގައި، މާލޭގައި މިގޮތަށް ހުންނަ ކުދި ތަންތަނަކީ އާއިލާތައް އެއްވެ މިފަދަ ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ވަރަށް މުހިންމު ތަންތަންކަމުގައި ފާހަގަކުރެއްވިއެވެ. އަދި މާލޭގައި މިހެން ހުންނަ ތަންތަނަކީ ކުދިން ގޮވައިގެން އާއިލާއެކުގައި އައިސް ހިތްހަމަ ޖައްސާލުމަށް ތިބެވޭ ފަދަ ތަންތަނަށް ހެދުމަށް މާލެ ސިޓީ ކައުންސިލުގެ ފަރާތުން މަސައްކަތްކުރައްވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ނެއިބަރ ހުޑް ސަޕޯޓު އޮފިސަރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

kids fest 2

ސިނަމާލެ ހިޔާ ގޯތިތެރޭގައި އިއްޔެ ކުރިއަށް ގެންދިޔަ މިހަވީރަކީ ނެއިބަރހުޑް ސަރަޙައްދުގައި ދިރިއުޅޭ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ނެއިބަރހުޑް ސަޕޯޓު އޮފިސަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަވީރެކެވެ. އެކިކަހަލަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔަ މިހަވީރުގައި ގިނައަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ.

kids fest1

މި ހަވީރުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާގެ އިތުރުން ނެއިބަރހުޑް ސަޕޯޓު އޮފިސަރުންނާއި ގަލޮޅު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުޑަކުދިންނާއެކު މިހަވީރުގައި ބައިވެރިވެފައިވެއެވެ.