މިއީ 2019 އޭޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން "އޮޕަރޭޝަން ބްލޫޓައިޑް" ގެދަށުން ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ ސެންޓަރުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ.

2019 އޭޕްރީލް 06
18:42

ބައެއް މަރުކަޒުތަކުގައި ވޯޓުގުނަން ފަށައިފި. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާންމު ހާލަތު ރަނގަޅު

18:05

ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާންމު ހާލަތު ރަނގަޅު

16:39

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އާންމު ހާލަތު ރަަނގަޅު.

16:20
މަޖީދީ މަގު ހެންވޭރު ދަނޑުކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ: ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ފުލުހުންދަނީ އެސަރަޙައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުމާއި ވޯޓުލުމަށްދާ އުމުރުން ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން -- ފޮޓޯ: ޕޮލިސް މިޑީއާ
15:00
އިމާދުއްދީން ސްކޫލަށް ވޯޓުލުމަށްދިޔަ އިސްރަށްވެއްސަކު މަގުހުރަސްކޮށްދިނުމަށް ފުލުހަކު އެހީތެރިކަންފޯރުކޮށްދެނީ -- ފޮޓޯ: ޕޮލިސް މިޑީއާ
14:46

ގދ. މަޑަވެލިގައި ވޯޓު ކަރުދާސް ފޮޓޯނެގި މީހަކު މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައިވޭ އަދި ވޯޓު ކަރުދާސް ދައްކައިގެން ގދ. ރަތަފަންދޫއިން 2 މީހަކު، ގދ. ފަރެސްމާތޮޑާއން އެކަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި.

13:03

އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި

12:20
ގއ. ވިލިނގިލީގައި ވޯޓުލުން ކުރިއަށްދާ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް މިޑީއާ
12:10

ގއ. ވިލިނގިލީގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ފޮޓޯނެގިކަމަށް ތުހުމަތުކުރެވޭ ފިރިހެނަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި.

11:15

އިންތިޚާބާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ދެ މައްސަލައެއް ވަނީ ހުށަހެޅިފައި އަދި މި މައްސަލަތައް ފުލުހުން ދަނީ ބަލުން.

11:12
ކަލާފާނު ސްކޫލު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ: ވޯޓުލުން ކުރިއަށްދާ ހުރިހާ މަރުކަޒެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން -- ފޮޓޯ: ޕޮލިސް މިޑީއާ
11:04
ތ. ގާދިއްފުށީގައި ވޯޓުލުމަށްދިޔަ އުމުރުން ދުވަސްވީމީހަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ -- ފޮޓޯ: ޕޮލިސް މިޑީއާ
10:36
ކަލާފާނު ސްކޫލުގައި ވޯޓުލުން ކުރިއަށްދާއިރު އެސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް މިޑީއާ
10:05

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ހުރިހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހަލަތު ރަނގަޅު

10:00
ތ. ވިލުފުށީގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް މިޑީއާ
09:53
ވެލާނާގެ ހިމެނޭ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ: ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން
09:50
ވެލާނާގެ ހިމެނޭ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ: ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން
08:15

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހާލަތު ރަނގަޅު.

07:34

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫޓައިޑް އިއްޔެ ފަށާފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާނެ.

07:30
އޮޕަރޭޝަން ބްލޫޓައިޑް ފެށުމުގެ ގޮތުން އިިއްޔެ ބޭއްވި ބްރީފިންގގެ ތެރެއިން -- ފޮޓޯ: ޕޮލިސް މީޑިއާ