-- ފައިލް ފޮޓޯ
-- ފައިލް ފޮޓޯ

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ވާގޮތުގެ މަތިން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ އާއި ފިރިހެން މުވައްޒަފުންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު އެއް މަސްދުވަހުގެ ޗުއްޓީ ދޭން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 މާރިޗު މަހުގެ 27 ވަނަ ދުވަހު ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި “ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ބެހޭ ޤަވާއިދަށް” ގެނައި އިސްލާހު ފާސްކޮށް، އެކަން މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް ދެންނެވުމުން، އެއިސްލާހާ އެއްގޮތަށް ޗުއްޓީ ދިނުމަށް ނިންމެވުމާއި ގުޅިގެންނެވެ. މި ނިންމެވުމާއި ގުޅިގެން އެގޮތުގެ މަތިން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ކަނޑައަޅައި އެކަން މިއަދު ވަނީ މުވައްޒަފުންނަށް އިޢުލާނުކޮށްފައެވެ.