Flag Hosting Ceremony newspic

ދިވެހި ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 ރޭ 00:00 ގައި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ފުލުހުންނާއި މުވައްޒަފުން ބައިވެރިވިއެވެ.

Flag Hosting Ceremony newspic2

ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާއި ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އެވެ.  އަދި ދުވަހާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ދުޢާ އިސްވެ ވިދާޅުވެދެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އިޤްބާލް އެވެ.

Atoll Flag Ceremony

ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރާއްޖޭގެ 7 ޑިވިޜަންގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވައިފިއެވެ. މިރަސްމިއްޔާތުތަކުގައި އެރަށްރަށުގައި ހުރި ސަރުކާރު އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.