Rad hat system

ރެޑް ހެޓް ސިސްޓަމް އެޑްމިނިސްޓްރޭޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ތިން ފުލުހަކު ސްރީލަންކާއަށް ފުރައިފިއެވެ.

ރޯސްވެއަރ ކޯރޕަރޭޝަންގެ ފަރާތުން މާރިޗު 16ން 20ށް ކުރިއަށްގެންދާ މިކޮންފަރެންސްގައި ބައިވެރިވުމަށް ސްރީލަންކާއަށް ގޮސްފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ސަމާޙްއާއި، ޕޮލިސް ސަރޖަންޓް މުޙައްމަދު ޒިޔާއުއާއި، ޕޮލިސް ސަރޖަންޓް އިސްމާއީލް ޢާފީއެވެ.

މިކޮންފަރެންސްގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުންކުރާ ނެޓްވޯރކް ލިންކްތަކުގެ އަޕްޑޭޓްތައް އިތުރަށް ދަސްކޮށް، އަންނަމުންދާ ބަދަލުތައް ދެނެގަނެ އެ ލިންކްތައް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތްތައް އިތުރަށް ދަސްވެގެންދާނެއެވެ.