girl guide

ގަރލްގައިޑް އެންވަޔަރަމަންޓް ކޭމްޕް 2019 ގެ ދަރިވަރުންނަށް ސްނޯރކްލިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މާރިޗު 15ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިސެޝަންގައި، ފަތަން ދަސްކުރުމާއި ފީނަން ދަސްކުރުމުގެ މުހިންމުކަމާއި އަދި މޫދަށް އެރި އުޅުމާއި ސްނޯކްލިންގއަށް ގޮސް އުޅުުގައި ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި މޫދަށް އެރިއުޅުމުގައި، މުރަކަތަކާއި ކަނޑުއަޑީގެ އެހެނިހެން ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް އުޅުމާއި އެތަކެތި ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މެރިން ޕޮލިހާއި ގަރލްގައިޑް އެސޯސިއޭޝަން ގުޅިގެން، ކ. ހުރާގައި ކުރިއަށްގެންދިޔަ މި ސެޝަންގައި، ގަރލްގައިޑް 150 ދަރިވަރުންނާއި ގައިޑް ލީޑަރުން ބައިވެރިވެފައިވެއެވެ.