މަސްތުވާތަކެއްޗާއެކު މީހަކު އދ. މަހިބަދޫން ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް މަރިޔަމް އަޒްލިފާ
މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި --
މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި --

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހިފައިގެން އދ. އޮމަދޫއަށް ފުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މާރިޗު 16 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނުގައި މަހިބަދޫ އުތުރު ފަރާތު ބަނދަރު ސަރަޙައްދުންނެވެ.

މިމީހާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުންވަނީ އޭނާގެ އަތުގައި އޮތް ރަބަރު ޕެކެޓެއް މޫދަށް އެއްލާލާފައެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހާޒިރުގައި އެރަބަރު ޕެކެޓް ނަގައި ބަލައިފާސްކުރިއިރު އޭގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުކުރެވޭ އެއްޗެއްހުރި 19 ހޮޅިކޮޅު ފެނިފައިވެއެވެ.

މިމައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.