Dhaandhoo

ކުށްމަދު އަމާން މާހައުލެއް ޤާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުން ގއ. ދާންދޫގެ ކަމުވޮށިގެންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކޮމިއުނިޓީ އެންޕަވަރމަންޓް ޕްރޮގްރާމެއް ފަށައިފިއެވެ.

މާރިޗް 15ން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަދި ވިޔަފާރަިވެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ރަށުގައި އާއްމުވަމުންދާ އިޖްތިމާޢީ މައްސަލަތަކާއި ކުށްތަކަށް މަގުފަހިވާ ސަބަބު ދެނެގަނެ، ރަށުފެންވަރުގައި އެކަންކަން ހައްލުކުރުމުގެ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދީ އަދި އެކުގައި މަސައްކަތްކުރާނެގޮތާއި މައްސަލަތަކުގެ ހައްލުހޯދާނެ ގޮތްތަކަށް އަހުލުވެރި ކުރުވިގެން ދާނެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ  ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓްގެ ކަމާގުޅުންހުރި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.