Diving Session

ގއ. ދާންދޫގެ ޒުވާނުންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ސޭފް ޑައިވިންގ އެންޑް ރެސްކިއު އާގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓް އިން އިސްނަގައިގެން މާރިޗް 15 ވަނަ ދުވަހު ދާންދޫ ޒުވާނުންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ގެންދިޔަ ސޭފް ޑައިވިންގ އެންޑް ރެސްކިޔު ޕްރޮގްރާމްގައި ރައްކާތެރިކަމާއެކު ޑައިވް ކުރާނެގޮތްތަކާއި ޑައިވް ކުރުމުގެ ކުރިން ސޭފްޓީ ޗެކް ކުރާނެ ގޮތްތަކާއި އެމެޖެންސީ ހާލަތްތަކުގައި ކަންކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވިފައިވެއެވެ.

އަދި ފަސްޓް އެއިޑް އެންޑް ރެސްކިޔު އާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން ދާންދޫ ޖެޓީ ސަރަހައްދުގައި ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން ސްކިއުބަރ ޑައިވިން ޓޭންކް ބޭނުންކުރާނެ ގޮތްތަކާއި ކަނޑުވެއްޖެ ނުވަތަ ފެތިއްޖެނަމަ މީހުން ސަލާމަތް ކުރާނޭގޮތް ތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

first aid

މީގެ އިތުރުން ކްރައިމް ޕްރިވެންޝަންއާއި އިޖްތިމާއީ ޒިންމާ އާއި ފަރުދީ ޒިންމާ އާގުޅޭ މަޢުލޫމާތާއި ރަށުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގައި މަސްވެރިންނާއި ޑައިވަރުން ބައިވެރިވުމަކީ މައްސަލަތައް ހައްލުކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމާއި މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

މި ޕްރޮގްރާމްގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓާއި މެރިން ޕޮލިސް ޑިޕާޓްމަންޓް ގެ އިތުރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ފަރާތުން ބައިވެރިވި ފަރާތްތަކަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.