ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ފުލުހުންގެ ތާރީޚަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން --
ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ފުލުހުންގެ ތާރީޚަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން --

 

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ފުލުހުންގެ ތާރީޚާއިގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މާރިޗު މަހުގެ 13 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ މާރިޗު 29 ވަނަ ދުވަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ފުލުހުންގެ ތާރީޚާއިގުޅޭ މަޢުލޫމާތުދީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ފުލުހުންގެ ތާރީޚަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ޕޮލިސް ހެރިޓޭޖް ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފުލުހުންގެ މުއައްސަސާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމުގައި ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ފެށިގެން އައި ގޮތާއި ފުލުހުންގެ ޚިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި އެކި ދުވަސްވަރު ފުލުހުން ބޭނުންކޮށްފައިވާ ތަކެއްޗާއި ގުޅޭގޮތުން  މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.