ފޮޓޯ: އިސްމާއިލް ސާމިޙް އަޙްމަދު ގ.ޒަމާނީއާކުލަ / ކ.މާލެ --
ފޮޓޯ: އިސްމާއިލް ސާމިޙް އަޙްމަދު ގ.ޒަމާނީއާކުލަ / ކ.މާލެ --

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މިމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ / ގ.ޒަމާނީއާކުލަ، އިސްމާއިލް ސާމިޙް އަޙްމަދު  (38އ) އެވެ.

އިސްމާއިލް ސާމިޙް އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ޖޫން 09 ވަނަ ދުވަހުގެ 10:15ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ އިސްމާއިލް ސާމިޙް އަޙްމަދާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވަމެވެ.