Foakaidhoo camp

ފޯކައިދޫ ސްކޫލުން ކުރިއަށް ގެންދިޔަ ސްކައުޓް ކޭމްޕްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މާރިޗު 11ން 13ށް ކުރިއަށްގެންދިޔަ މި ކޭމްޕްގައި، ފިޒިކަލް ޓްރެއިނިންގެ މުހިންމުކަމާއި ފިޒިކަލް ހަރަކާތްތައް ފެށުމުގެ ކުރިން ވޯމްއަޕް ކުރުމާއި ފިޒިކަލް ހަރަކާތްތައް ނިމުމުން ވޯމްޑައުން ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ފިޒިކަލް ޓްރެއިނިންގކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރުމުގެ މުހިންމުކަމާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ކުރާނެ ކަސްރަތުތައް ބުނެދީފައިވެއެވެ.

 މީގެއިތުރުން ޒިންމާދާރުކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދީފައިވެއެވެ. އެގޮތުން ސްކައުޓުންގެ ޒިންމާތަކަކީ ކޮބައިކަން ބުނެދީ ކަންކަމުގައި ޒިންމާ ނަގަންޖެހޭ ޙާލަތްތަކުގައި ޒިންމާ ނަގާނެ ގޮތްބުނެދީ އެކަމުގެ ބޭނުންތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންދަނީ އެރަށްރަށުގެ ސްކޫލުތަކުން ހިންގާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.