Mohamed didi

ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ އެކްސިޑެންޓް މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ / ޑޭޒީފެހި، މުޙައްމަދުދީދީ (56އ) އެެވެ.

ވީމާ މިމުޙައްމަދުދީދީ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓްގެ ޑިއުޓީ ނަންބަރު 9660183ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވަމެވެ.