India

ސިސްކޯ ބްރީފިންގ ސެންޓަރުގެ ފަރާތުން އިންޑިއާގެ ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ހަތަރު ފުލުހަކު އިންޑިއާއަށް ފުރައިފިއެވެ.

މާރިޗު 15ން 16ށް ކުރިއަށްގެންދާ މިބައްދަލުވުމުގައި ބައިވެރިވުމަށް އިންޑިއާއަށް ގޮސްފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާޠިފްއާއި، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސަމީޙްއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ސިވާދު މުޙައްމަދުއާއި އަދި  ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނަޝީދުއެވެ.

މިބައްދަލުވުމުގައި، ފުލުހުންގެ ޓެކްނޮލޮޖީ ދާއިރާ އިތުރަށް ކުރިއަރުވާ ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ސިސްކޯއާއި އަދި ބޭރު ޤައުމުތަކުގެ ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.