Velidhoo

ސެކަންޑް ނޫން ސްކައުޓް ގްރޫޕުގެ ފަރާތުން ވެލިދޫގައި ކުރިއަށް ގެންދިޔަ ސްކައުޓް ކޭމްޕްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މާރިޗް 8ން 11ށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި، މުޖްތަމަޢުގައި ހިނގާ އާންމު ކަންކަމުގައި ދަރިވަރުން އަމަލުކުރަންވީގޮތް އަންގައި ދިނުމުގެ ގޮތުން މަޢުލޫމާތުދީ މަގުމަތީގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކަނދުފަތި ހަދައިގެން ކަނޑަށް ނުކުތުމުގައާއި ވެލިދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ކުދިން ގެންދިއުމާއި ގެނައުމުގައި ވެލިދޫ ފޮލިސް ސްޓޭޝަން ބައިވެރިވެފައިވެއެވެ.