Guraidhoo drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާރިޗު 12ވަނަ ދުވަހުގެ 17:30 ހާއިރު ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އެރަށު މަގުމަތީގައި ހުރި 29 އަހަރުގެ މީހެއްގެ އަމަލުތައް ހުރިގޮތުން އެ މީހާއާމެދު ޝައްކުކުރެވިގެން ފުލުހުން އެމީހާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.