HA Atoll

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ

މާރިޗް 10ން 16ށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސްކޫލް ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ ގޮތުން އެސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން ފްލޯޓު ކުރުމާއި ކިކް ޖަހާނެ ރަނގަޅު ގޮތްތަކާއި މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ފެތުމުގެ ހުނަރުތައް މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ދިއްދޫ ޕޮލިސް ސްޓޭޝަނާއި ބެންކް އޮފް މޯލްޑިވްސް ދިއްދޫ ބްރާންޗާއި އަދި ދިއްދޫ މިޑްލްސް ސްޕޯރޓްސް ގުޅިގެން ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް ހަތަރެއްގައި ތަޢުލީމު ޙާޞިލްކުރަމުންދާ 86 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ އެރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ސްކޫލްތަކާ ގުޅިގެން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ