forensic stakeholders 1

ރާއްޖޭގެ ފޮރެންސިކް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުއެސް)އާއި އަދި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން، ފޮރެންސިކް ސްޓޭކް ހޯލްޑަރުންގެ ބައްދަލުވުމެއް ފަށައިފި އެވެ.

 ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ބައްދަލުވުމުން އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ޖުމްލަ 47 ބޭފުޅުންނާއެކު މިއަދު ފަށާފައިވާއިރު، އިންސާނީ ފޮރެންސިކްސްގެ ދާއިރާއިން ރާއްޖޭގައި ހުރި ހުރަސްތަކާއި މި ހުރަސްތަކުން އަރައިގަތުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

forensic stakeholders 2

މީގެއިތުރުން މަރުގެ މައްސަލަތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ހެލްތާއި އަދި  ދިވެހި ރެޑް ކްރެސެންޓުން އަދާކުރާ ދައުރާއި ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ. އަދި ރާއްޖޭގެ ފޮރެންސިކް ދާއިރާ މިހާރު އޮތް ހާލަތާއި، މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވިގެން ދާނެއެވެ.