ކ-ވ: ރ.އަލިފުށި / ކިނާރާ، ޢަލީ ނަޛީރު (36އ)، ކ.މާލެ/ ގ.ޒަމާނީއާކުލަ، އިސްމާޢިލް ސާމިޚް އަޙްމަދު (38އ)، ތ.ތިމަރަފުށި/ ބުރެވިމާގެ، އިބްރާހިމް ރަޝީދު (54އ)، ކ.މާލެ/ މ.ޒެންތްރަމް، ޢަބްދުއްނާޞިރު އަޙްމަދު (51އ)--
ކ-ވ: ރ.އަލިފުށި / ކިނާރާ، ޢަލީ ނަޛީރު (36އ)، ކ.މާލެ/ ގ.ޒަމާނީއާކުލަ، އިސްމާޢިލް ސާމިޚް އަޙްމަދު (38އ)، ތ.ތިމަރަފުށި/ ބުރެވިމާގެ، އިބްރާހިމް ރަޝީދު (54އ)، ކ.މާލެ/ މ.ޒެންތްރަމް، ޢަބްދުއްނާޞިރު އަޙްމަދު (51އ)--

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ނަމަވެސް ޙާޟިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ  ރ.އަލިފުށި / ކިނާރާ، ޢަލީ ނަޛީރު (36އ) އާއި ކ.މާލެ/ ގ.ޒަމާނީއާކުލަ، އިސްމާޢިލް ސާމިޚް އަޙްމަދު (38އ) އާއި ތ.ތިމަރަފުށި/ ބުރެވިމާގެ، އިބްރާހިމް ރަޝީދު (54އ) ކ.މާލެ/ މ.ޒެންތްރަމް، ޢަބްދުއްނާޞިރު އަޙްމަދު (51އ) އެވެ.

މިމީހުންގެ ތެރެއިން ޢަލީ ނަޛީރު  ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 04ވަނަ ދުވަހުގެ 11:15ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އިސްމާޢިލް ސާމިޚް އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 05ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އިބްރާހިމް ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 05ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ޢަބްދުއްނާޞިރު އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް07ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވަމެވެ.