M Atoll

މ. އަތޮޅު ކައުންސިލާ ފުލުހުންނާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފެބުރުވަރީ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ 2019 އަހަރުގެ އެކްޝަން ޕްލޭންގައި ރާވާފައިވާ ކަންކަމާއި ބެހޭގޮތުންނާއި ކުށްމަދު ކުރުމަށްޓަކައި ފުލުހުންނާއި  އަތޮޅު ކައުންސިލް ގުޅިގެން ކުރިޔަށް ގެންދެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެގޮތުން އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް މ. އަތޮޅުގެއެކި ރަށްރަށުގައި ހިންގިދާނެ ޕްރޮގްރާމުތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

 ކުށްމަދު ކުރުމަށް ފުލުހުން ކުރަމުންދާ ކޮންމެ މަސައްކަތެއްގައިވެސް ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ދެއްވާފައިވެއެވެ.

މި ބައްދަލުވުމުގައި މ. އަތޮޅު ކައުންސިލުގެ ރައީސާ ކައުންސިލު މެންބަރުގެ އިތުރުން މ. އަތޮޅު ކޮމާންޑަރާއި މ. އަތޮޅު ފެމެލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުން ބައިވެރިވެލެއްވިއެވެ.