PLC Veterans12

ޕޮލިސް ކުލަބް ވެޓަރެންސް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މެރިނަރސް ކުލަބާއި އެސްއެސް ވެޓަރެންސް އާއި ސީޕީސީ އަދި ޓީއާރުސީ މޮޅުވެއްޖެއެވެ.

ރޭ އެޗްޑީސީ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުތަކުގެ ތެރެއިން މެރިނަރސް ކުލަބު ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ އައިއެސްޑީ ވެޓަރެންސްއާ ވާދަކޮށް 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މެރިނަރސް ކުލަބުގެ މަޙްމޫދު ޒަމީމްއެވެ. އެސްއެސް ވެޓަރެންސްއިން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ޓީމް ޓްރެއިނަރސް އާވާދަކޮށް 4-3 ގެ ނަތީޖާއަކުން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެސްއސް ވެޓަރެންސްގެ ޙުސައިން ސިފާޒްއެވެ.

PLC Veterans13

ސެންޓްރަލް ޕޮލިސިންގ ކޮމާންޑް (ސީޕީސީ) ން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ އައި ކުލަބާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ސީޕީސީގެ އިބްރާހިމް ޝަހީންއެވެ. ޓްރެފިކް ރެކްރިއޭޝަން ކުލަބުން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ޕީސީޑީ ވެޓަރެންސްއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީއާރުސީގެ ޢަބްދުލް މާޖިދު މުސާއެވެ.

މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެއެވެ. . މި މުބާރާތުގައި ޖުމްލަ 11 ޓީމަކުން ބައިވެރިވެފައިވެއެވެ.