cancer

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން އުރަމަތީގެ ކެންސަރަށް ސްކްރީން  ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ފެށި މިޕްރޮގްރާމްގެ ތެރެއިން، އުރަމަތީގެ ކެންސަރަށް މުވައްޒަފުން ސްކްރީންކުރުމާއި އަދި ކެންސަރާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކެންސަރަކީ ކޮބައިކަމާއި، ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމުގެ އިތުރުން ކެންސަރުގެ އަލާމާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކެންސަރު ބަލިން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

cancer 1

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރަމުންދާ އަންހެން މުވައްޒަފުނަށް ޚާއްސަކޮށްގެން މިއަދު 9:00ން 17:30ށް ކުރިއަށް ގެންދާ މި ސްކްރީނިންގ ޕްރޮގްރާމްގައި، އުރަމަތީގެ ކެންސަރަށް މުވައްޒަފުން ސްކްރީންކުރުމާއި ކެންސަރު ބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޑޮކްޓަރުންނެވެ.

މިޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ މުއައްސަސާގެ ބައެއް އިސްވެރިންނާއި އަންހެން މުވައްޒަފުންގެ އިތުރުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.