Omadhoo

 ގަނާ ކުރުމާއި ގުޅޭގޮތުން ތ. އޮމަދޫ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ގަނާ ކުރުމަކީ ކޮބައިކަމާއި ގަނާކުރުމުން ދިމާވާ ނޭދެވޭ މައްސަލަތަކާއި ސްކޫލު މާހައުލުގައި ގަނާ ކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެކަންކަން ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި އޮމަދޫ ސްކޫލުގެ ގްރޭޑް 7ން ގްރޭޑް 10ށް ތަޢުލީމް ހާސިލް ކުރަމުންދާ 31  ދަރިވަރުންނަށް ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ކިނބިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ދަނީ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންނެވެ.