dhangethi

ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް އިޤްރާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން އދ.ދަނގެތި ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

ދަނގެތި އިޤްރާ އިންޓަރނޭޝަނަލް ސްކޫލުގެ އެލްކޭޖީ ދަރިވަރުންް މިއަދު ކުރި މިޒިޔާރަތަކީ ސަރުކާރުގެ މުއައްސަސާތަކުގައި ކުރަމުންދާ މަސައްކަތްތައް ބަލައިލުމުގެ ގޮތުންކުރި ޒިޔާރަތެކެވެ.

މި ޒިޔާރަތުގެ ތެރެއިން، ފުލުހުން ދެމުންދާ ޚިދުމަތްތަކާބެހޭ މަޢުލޫމާތާއި ދަނގެތި ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތްތަކާއި އެތަނުގައި ބޭނުންކުރާ ބައެއް ތަކެތީގެ މަޢުލޫމާތު ދިނުމުގެ އިތުރުން ދަރިވަރުންނާއި ފުލުހުންނާމެދު އޮންނަ ގުޅުން ހަރުދަނާކުރުމުގެ ގޮތުން މި ޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނަށް ހަދިޔާ ދީފައިވެއެވެ.

 މިޒިޔާރަތުގައި އިޤްރާ އިންޓަރނޭޝަނަލް ސްކޫލްގެ 9 ދަރިވަރުންނާއި އެ ސްކުލޫގެ 4 ޓީޗަރަކު ބައިވެރިވެފައިވެއެވެ.