PLC Veterans11

ޕޮލިސް ކުލަބު ވެޓަރެންސް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން އައި ކުލަބާއި ޓީއާރުސީ އާއި ސީޕީސީ އަދި ސީއައިސީ ވެޓަރެންސް މޮޅުވެއްޖެއެވެ.

ރޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ކުޅުނު ފުރަތަމަ މެޗުގައި އައި ކުލަބާއި ޕީސީޑީ ވެޓަރެންސް ވާދަކުރިމެޗު އައި ކުލަބުން ކާމިޔާބުކުރީ 4-1 ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައި ކުލަބު ޔާސިރު ސަލީމްއެވެ.

PLC Veterans10

ޓީއާރުސީން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ އެސްއެސް ވެޓަރެންސްއާ ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީއާރުސީގެ އަޙްމަދު އަޝްފާއުއެވެ. ރޭ ކުޅުނު ތިން ވަނަ މެޗު ސީޕީސީ ކާމިޔާބުކުރީ ޓީމް ޓްރެއިނަރސް އާވާދަކޮށް 4-1 ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީޕީސީގެ އަޙްމަދު ޝާހިދުއެވެ.

ރޭ ކުޅުނު ފަހުމެޗުގައި ސީއައިސީ ވެޓަރެންސް އާއި އައިޑީ ކުލަބު ވާދަކުރިއިރު މިމެޗު 2-1 ނަތީޖާއަކުން ކާމިޔާބުކުރީ ސީއައިސީ ވެޓަރެންސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީއައިސީ ވެޓަރެންސްގެ އިސްމާޢިލް އާމިރުއެވެ.