ގއ. ދާންދޫގައި ކުށްމަދުކުރުމަށް އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
Dhaandhoo

ދާންދުއަކީ ކުށްމަދު އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށް ދާންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޮޕަރޭޝަންތަކެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ޕޮލިސް އިންޓެލިޖެންސާގުޅިގެން ފެބުރުވަރީ 25ން 26ށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންތަކުގެތެރެއިން، ކުށްތަކަށް މަގުފަހިވާގޮތަށް އެރަށުގައި ހުރި ފަޅުގެތަކާއި ހުސްބިންތަކާއި ރަށުތެރޭގައި ގުރޫޕު ހަދައިގެން މީހުން އެއްވެ ހުޅޭ ސަރަހައްދުތައް ބަލައިފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ދާންދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި ރަށުގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ.

މި އޮޕަރޭޝަންތަކުގައި ދާންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވެއެވެ. ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމަށްޓަކައި މިފަދަ އޮޕަރޭޝަންތައް ސިލްސިލާކޮށް ދާންދޫ ޕޮލިސް ސްޓޭޝަނުންދަނީ ހިންގަމުންނެވެ.