Hithadhoo Banguraa

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހިތަދޫގައި ބަނގުރާ އުފައްދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބުރުވަރީ 26ވަނަ ދުވަހުގެ 13:45 ހާއިރު ހިންގި މިއޮޕަރޭޝަންގެ ތެރެއިން، އެރަށުގެ ފަޅު ގެއެއް ބަލައިފާސްކުރި އިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަަށް ބެލެވޭ ސަމާނާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި  20 ލީޓަރުގެ ހަމެއް އެ ގޭތެރޭން ފެނިފައިވެއެވެ.

މިމައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލަ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.