PLC futsal Coach1

ކުލަބު މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބު މޯލްޑިވްސް ކަޕް އާއި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ ޕޮލިސް ކުލަބުގެ ފުޓްސަލް ޓީމަށް ކޯޗުން ހަމަޖައްސައިފިއެވެ.

އެގޮތުން ކުލަބް މޯލްޑިވްސްގައި ވާދަކުރާ ޕޮލިސް ކުލަބު ފިރިހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އަޙްމަދު ޠާޙާއެވެ. އަދި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ޕޮލިސް ކުލަބު އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސަރޖަންޓް ޢަލީ ފަހުމީއެވެ.

PLC futsal Coach3

އަޙްމަދު ޠާހާ އަދި ޢަލީ ފަހުމީ ކޯޗުކަމަށް ހަމަޖައްސައި، އެކަމުގެ ލިޔުން އިއްޔެ ވަނީ ހަވާލުކޮށްފައެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލިޔުން ހަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ.

PLC futsal Coach2

މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޞީރުއާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ އިބްރާހިމް ބައިވެރިވެފައިވެއެވެ.