camp

ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން، އެސްކޫލްގެ ގްރޭޑް 1ން ގްރޭޑް 3ށް ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

ފެބުރުވަރީ 16ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ކޭމްޕްގައި އިންޑޯ އެކްޓިވިޓީ ތަކާއި އައުޓްޑޯ އެކްޓިވިޓީ ތަަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދަރިވަރުންގެ އަމިއްލަ ސާފުތާހިރު ކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރިވެތި އަދަބުތަކާއި މަގުމަތީގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި މަގުމައްޗާއި އެހެނިހެން ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާއި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތައް ބުނެދީފައިވެއެވެ.

 ދެ ދަންފަޅިއަކަށް ބަހާލައިގެން، އަންހެން ފިރިހެން ވަކިން ކުރިއަށް ގެންދިޔަ މިކޭމްޕްގައި 57 އަންހެން ދަރިވަރުންނާއި 60 ފިރިހެން ދަރިވަރުން ހިމެނޭގޮތަށް ޖުމްލަ 117 ދަރިވަރުން ބައިވެރިވެފައިވެއެވެ.

 މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ވަނީ ލިބިފައެވެ.