Sh

ށ.މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ކްރައިމް ޕްރިވެންޝަން ޔުނިޓާއި ގުޅިގެން ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު މިލަންދޫ ސްކޫލުގައި ކުރިޔަށްގެންދިޔަ މި ޕްރޮގްރާމުގައި އެރަށު ސްކޫލުގެ ގްރޭޑް 7ން 12އަށް ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުމުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން މަޢުލޫމާތު ދީފައިވެއެެވެ.

މި ޕްރޮގްރާމްގައި، އެ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުންދާ 160 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމު ކުރިޔަށް ގެންދިޔުމުގައި މިލަންދޫ ސްކޫލްގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައެވެ.