Huvaa kurun

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި ޚާއްސަ  ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

civil court gaazy

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީ ވިދާޅުވީ ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ޤަވާއިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކުގައި ޚިދުމަތް ކުރުމަށް ގޮވާލެއްވިއެވެ.

މިރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 48 ފުލުހެކެވެ. އެއީ 40 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ 8 ފުލުހެކެވެ. މިރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ފުލުހުން ސޮއިކޮށްފައިވެއެވެ.

Huvaa kurun 1

މި ރަސްމިއްޔާތުގައި، ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.