banguraa

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ގއ. ފަޅުރަށަކުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ގއ. ވިލިނގިލި ކައިރީގައި އޮންނަ ފަޅުރަށެއްގައި ބަނގުރާ އުފައްދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު  މަޢުލޫމާތަކަށް، ވިލިނގިލީ ޕޮލިސް ސްޓޭޝަނާ އިންޓެލިޖެންސް ގުޅިގެން މިއަދު 10:20  ހާއިރު ހިންގި އޮޕަރޭޝަންގައި، އެރަށުގެ އެކިސަރަޙައްދުތައް ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް އެރަށުން ފެނިފައިވެއެވެ.

މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.