Foakaidhoo school

ބަލިތަކުން ރައްކާތެރިވުމަށް ދުޅަހެޔޮ ސިއްޙަތުގެ ނަމުގައި  ށ. ފޯކައިދޫ ސްކޫލްގެ ދަރިވަރުންނަށް ފިޒިކަލް ޓްރެއިނިންގ ކްލާސްތަކެއް ފަށައިފިއެވެ

ފޯކައިދޫ ސްކޫލްގެ އެދުމުގެމަތިން އެރަށު ޕޮލިސް ސްޓޭޝަނުން މިއަދުފެށި މިކްލާސްތަކުގައި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރުމުގެ މުހިންމުކަމާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާއި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުންކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ކުރާނެ ކަސްރަތުތައް ބުނެދީފައިވެއެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މިކްލާސްތައް އެ ސްކޫލްގެ ގްރޭޑް 1ން ގްރޭޑް 6ށް ތަޢުލީމް ހާސިލްކުރަމުންދާ ހުރިހާ ދަރިވަރުންނަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.