Operation 21

އޮޕަރޭޝަން 21 ގެ ނަމުގައި ޚާއްސަ އޮޕަރޭޝަންތަކެއް ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ފަށައިފިއެވެ.

ރ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ ރަށްތަކަށް ޚާއްސަކޮށްގެންފެށި މިއޮޕަރޭޝަންތަކަކީ، އެރަށްރަށަކީ ކުށްމަދު އަމާންވެއްޓެއް ޤާއިމުވެފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ  ރަށްތަކަކަށް ހެދުމާއި، ރައްޔިތުންނަށް ދިމާވާ އެކިކަހަލަ ދަތި އުނދަގޫ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްފެށި އޮޕަރޭޝަންތަކެކެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ރައްޔިތުން އަހުުލުވެރިކުރުވުމާއި އާންމުން ދިރިއުޅޭ ގޭގެއާއި ފިހާރަ އަދި ސައިހޮޓާ ފަދަ ތަންތަނުގެ އިތުރުން އެރަށްރަށުގައި ހުރި ސަރުކާރުގެ އިމާރާތްތަކުގެ ރައްކާތެރިކަމާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

މީގެ އިތުރުން ފުލުހުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ރ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ހިއްސާކުރުމާއި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމެވެ.

ރ. އަތޮޅުގައި ޤާއިމުކޮށްފައިވާ ހަ ޕޮލިސް  ސްޓޭޝަނާއި ދެ ޕޮލިސް ޑެސްކް ގުޅިގެން 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން ރ. އަތޮޅުގެ ނުވަ ރަށެއްގައި ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.