GDH

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ގދ. ހޯޑެއްދުއާއި މަޑަވެލީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފިއެވެ.

އެގޮތުން މަޑަވެލީ ރަށު ކައުންސިލާ ސްކޫލްގެ އިތުރުން މަޑަވެލީ މެޖިސްޓްރޭޓްކޯޓާއި އަދި ހޯޑެއްދޫ ކައުންސިލާއެކު މިވަނީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ

މިއަދު ކުރިއަށްގެންދިޔަ މިބައްދަލުވުންތަކުގެ ތެރެއިން މަޑަވެލި ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި، އެރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމާއި ގުޅޭ ގޮތުންނާއި ރަށުތެރޭގައި ކުށްްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މަޑަވެލީ ސްކޫލާއެކު ބޭއްވި ބައްދަލުވުމުގައި، އެއްގަމު އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އުޅަނދު ދުއްވުމަށް ސަމާލުކަންދިނުމާއި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމަށް ސްކޫލާ ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ސްކޫލް ދަރިވަރުން ތަމްރީނު ކުރުމާއި ސްކޫލުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ތެރެއިން މުދައްރިސުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެެއް ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މީގެއިތުރުން މަޑަވެލީ މެޖިސްޓްރޭޓް ކޯޓާއެކު ބޭއްވި ބައްދަލުވުމުގައި، އެކި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރު ހޯދުމާއި ބަންދުގެ މުއްދަތު ޖެހުމާއި ޝަރީއަތުގެ މަރުހަލާގައި ހުރި މައްސަލަތަކުގެ ތެރެއިން ފުލުހުންގެ ހައްޔަރަށް ގެނެވޭ މީހުންގެ ޝަރީއަތް އަވަސްކޮށް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މަސައްކަތުގައި ދެފަރާތަށް ދިމާވާ ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިިވެއެވެ.

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ހޯޑެއްދޫ ކައުންސިލާއެކު ވެސް މިވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރިއަށްގެންދިޔަ މިމަޝްވަރާ ބައްދަލުވުމުގައި،  އެރަށުގައި ފުލުހުން ބޭތިއްބުމަށް ކައުންސިލްގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކާއި އަދި ރަށުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުންނާ ކައުންސިލް ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.