Baa atoll

ބ. ކަމަދޫ ސްކޫލްގެ ދަރިވަރުންނާ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ކަމަދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ތެރެއިން، އެސްކޫލްގެ ގްރޭޑް 6ން 10ށް ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާއި އެ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ

އެގޮތުން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، ކިޔެވުމުގެ މުހިންމުކަމާއި ކާމިޔާބު ދަރިވަރަކަށް ވުމަށް މަސައްކަތްކުރަންވީ ގޮތާއި ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤް ބައްޓަންކުރުމަށް މަސައްކަތްކުރަންވީ ގޮތުގެ އިތުރުން ދަރިވަރެއްގެ ކިބައިގައި ހުންނަށްޖެހޭ ރީތި ސިފަތަކާއި އަދި ކުށުގެ ވެށިން ދުރުހެލިވެ ތިބުމާއި އެކަމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވެދީ ގުޅިގެން އުޅުމާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ އިތުރުން ބޮޑެތި މީހުންނަށް އިޚްތިރާމް ކުރުމާއި  ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ކަމަދޫ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، ކުށުގެ ވެށިން ކުދިން ދުރުހެލި ކުރުވުމަށް ބެލެނިވެރިން މަސައްކަތްކުރަންވީ ގޮތްތަކާއި ބެލެނިވެރިކަމުގެ ހުނަރުތައް ބުނެދިނުމުގެ އިތުރުން ކުދިންގެ ކިޔެވުމުގައި ބެލެނިވެރިން ބައިވެރިވުމާ ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި މުޖްތަމައު ގުޅިގެން  ކުދިންގެ ބެލެނިވެރިކަން ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ކަމަދޫ ސްކޫލްގެ ވަަރަށްބޮޑު އެއްބާރުލުމެއްވަނީ ލިބިފައެވެ.